އަތޮޅުތަކުން 56 މީހަކު ހިމެނޭ ގޮތަށް މިއަދު މުޅި ރާއްޖެއިން 95 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާއްމު ކުރި ތަފާސްހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 5،673 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދުން 26 މީހެއްގެ އިތުރުން، އަތޮޅުތަކުން 56 މީހަކާއި ރިޒޯޓުތަކުން 13 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 79،959އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1،648 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 16 މީހަކަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 78،076އެވެ. މި ބަލީގައި މިއަދު ރާއްޖެއިން އިތުރު މީހަކު ވަނީ މަރުވެފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 223އަށް އަރާފައެވެ.