ސޯޅަ އަހަރުން ދަށުގެ އޭސީސީ ޗެލެންޖް ކަޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމް ރޭ އިއުލާން ކޮށްފި އެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހު ތައިލޭންޑުގެ ޗިއަންމާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭސީސީ ޗެލެންޖް ކަޕަށް ނެގި ކުރިކެޓް ޓީމުގައި ހިމެނެނީ 14 ކުޅުންތެރިންނާއި ކޯޗެއްގެ އިތުރުން މެނޭޖަރެކެވެ. ޓީމުގެ ކޯޗަކީ އިމާދު އިސްމާއީލެވެ. އަދި މެނޭޖަރަކީ މާދިހު އިސްމާއީލެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން އިއުލާން ކުރުމަށް ރޭ ރޯޔަލް ޕާކް ރެސްޓޯރަންޓުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ކުރިކެޓް ބޯޑުގެ ރައީސް އަހުމަދު ހަސަން ދީދީ ވަނީ ސްކޮޑަށް ނެގި ކުޅުންތެރިންނާ ބައްދަލުކުރައްވާ، ޓީމަށް ހިތް ވަރު ދެއްވާފަ އެވެ.

ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނެނީ ސީބީއެމް ޔައިޑީޕީގައި ހިމެނޭ ކުޅުންތެރިންނެވެ. އަދި މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ކުރިކެޓް ޓީމް އަންނަ މަހުގެ އެއް ވަނަ ދުވަހު ތައިލެންޑަށް ދިއުމަށް ފުރާނެ އެވެ.

މުބާރާތުގައި ވާދަކުރުމަށް ކުރިކެޓް ޓީމުގެ ސްކޮޑަށް ނެގި 14 ކުޅުންތެރިން:
1- އިބްރާހިމް ރިޒާން
2- އިސްމާއިލް ނަޝްވާން ނަސީރު
3- އިސްމާއިލް ނަޒުވާން ބަދީއު
4- އަހުމަދު އައިހަމް ޒިޔާދު
5- މުހައްމަދު ޝަދުހާން
6- ޔާސީން އަހުމަދު
7- އާދަމް ނަސީފް އުމަރު
8- އަލީ ޝުނާން
9- ހަސަން ސަމާހު މޫސާ
10- މުހައްމަދު ލައްމާން ހިދާދް
11- ތުޝާރު ސުނިލް ޖަޝްނަމް
12- ފާރިހު މުހައްމަދު ވަހީދު
13- މުހައްމަދު އިމްތިސާމް އާޒިމް
14- ހަސަން ޖާސިރު

މުބާރާތުގައި ރާއްޖެ މެޗު ކުޅޭ ތާރީހް ތައް:
މާޗު މަހުގެ ތިން ވަނަ ދުވަހު: ރާއްޖެ އާއި އަފްގާނިސްތާން
މާޗު މަހުގެ ފަސް ވަނަ ދުވަހު: ރާއްޖެ އާއި ގަތަރު
މާޗު މަހުގެ ހަ ވަނަ ދުވަހު: ރާއްޖެ އާއި ބޫޓާން
މާޗު މަހުގެ އަށް ވަނަ ދުވަހު ރާއްޖެ އާއި ޗައިނާ
މާޗު މަހުގެ ނުވަ ވަނަ ދުވަހު: ރާއްޖެ އާއި ޔޫއޭއީ