22 Aug 2021, 08:08
ބޮލީވުޑްގެ ޒުވާން އެކްޓަރުން ކަމަށްވާ ޓައިގާ ޝްރޮފްއާ ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ގަންޕަތު" ރިިލީޒްކުރާ ތާރީހު ހާމަކޮށްފިއެވެ.
ފިލްމު ރިލީޒްކުރާ ތާރީހު ހާމަކުރަން ޓައިގާ ކުރި ޓްވީޓެއްގައި ބުނީ ގަންޕަތު ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ސިނަމާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާ ފިލްމެކެވެ.
ވިކާސް ބާލް ޑައިރެކްޓްކުރާ އެ ފިލްމުގައި ޓައިގާ ކުޅޭނީ ބޮކްސާއެއްގެ ރޯލެވެ. މުމްބާއީގައި ދިރިއުޅޭ ވަރުގަދަ ބޮކްސިން ތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމަކީ އެކްޓަރު ޓައިގާއާ ކްރިތީވެސް ވިކާސްއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ފިލްމުގައި ކްރިތީ ކުޅޭނީ ޖައްސީ ކިޔާ ކެރެކްޓާއެކެވެ.
ފިލްމުގެ ފަސްޓްލުކް މިހާރު އާންމުކޮށްފައިވާއިރު އެކްޓަރު ޓައިގާ އާ ބަތަލާ ކްރިތީ ބޮލީވުޑަށް ނުކުތީ އެއްކޮށެވެ.
އެއީ 2014 ވަނަ އަހަރު ނުކުތް "ހީރޯޕަންތީ" އިންނެވެ.