21 Aug 2021, 22:26
ރާއްޖެއިން މިއަދު އިތުރު 110 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 34 މީހުންނާއި އަތޮޅުތަކުން 73 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ތިން މީހުން ކަމަށެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 79،864 އަށް ވަނީ އަރާފަ އެވެ.
މިވަގުތު ބަލި ޖެހިފައިތިބި 1،677 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 17 މީހުންނަށެވެ.
އިއްޔެ 183 މީހުން ބަލިން ރަނގަޅުވެފައި ވެއެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 77،953 އަށް އަރާފައެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.