21 Aug 2021, 16:20
ޕާކިސްތާނުން "10 ބިލިއަން ޓްރީ ސުނާމީ" ގެ ނަމުގައި ގަސް އިންދުމުގެ ބޮޑު ޕްރޮގުރާމެއް ފަށައިފިއެވެ.
މި ޕްރޮގުރާމު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެގައުމުގެ ބޮޑު ވަޒީރު އިމްރާން ޚާނެވެ.
މި ޕްރޮގްރާމްގެ ދަށުން އެގައުމުގެ ޚައިބަރު ޕަކްޓުންކަވާ ޕްރޮވިންސްގެ ރައްޔިތުންނާއި، ސަރުކާރުގެ އޮފިޝަލުންގެ އިތުރުން އަދި ބޯއި ސްކައުޓުން އަންނަނީ އެގައުމުގެ ފަރުބަދަމަތީގެ ސަރަހައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތްކުރަމުންނެވެ.
އެގޮތުން އެ ސަރަހައްދުތަކުގައި އިންދަނީ 100 ފޫޓަށްވުރެ އުސްކޮށް ހެދޭ ގަހެއް ކަމަށްވާ "ޗައިނާރް" ނަމަކަށް ކިޔާ ބާވަތެއްގެ ގަހެވެ.

"10 ބިލިއަން ޓްރީ ސުނާމީ" ޕްރޮގްރާމްގެ ތެރެއިން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ގަސް އިންދުން --
މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހިމާލިޔާ ފަރުބަދައިގެ ގަނޑުފެންތައް ވިރުމާއި ޕާކިސްތާނުގެ މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ. އަދި އެ ގައުމުގެ ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ.
"މޫސުމީ ބަދަލުތަކާ ގުޅިގެން ޕާކިސްތާނަށް ބޮޑު ނިކަމެތިކަމެއް އަންނަނީ ލިބެމުން،" ޕާކިސްތާނުގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފެޑެރަލް މިނިސްޓަރު މާލިކް އާމިން ވިދާޅުވިއެވެ.
ޕާކިސްތާނުން އެންމެ ފުރަތަމަ މި ޕްރޮގުރާމް ފަށައިފައިވަނީ 2015 ގައެވެ. އަދި އެއާއެކު މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.