އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ ބުޓެނިސްއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު، މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ކުރާ މަސައްކަތާއި މަގު ޗާޓާ ބެހޭގޮތުން ރައީސް ސަފީރަށް ވަނީ މައުލޫމާތު އަރުވާފަ އެވެ. އަދި އަދުލު އިންސާފުގެ މައްޗަށް ބާރު ފޯރުވަން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ސަފީރަށް ދެއްވި އެވެ.

އެ ބައްދަލުވުމުގައި އެމެރިކާ ސަފީރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ވަހީދު ކުރައްވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވާ ކަމަށާއި ރައީސްގެ މަސައްކަތަށް އެމެރިކާ ސަރުކާރަށް ދެވެން އޮތް އެހީތެރިކަމެއް ކުރިއަށް އޮތް ތަނުގައިވެސް ލިބޭނެ ކަމަށެވެ.