21 Aug 2021, 14:04
މިދިޔަ ބުރާސްފަތި ދުވަހު ކ. ރަސްފަރީގެ ފަރަށް އަރާފައިވާ އާގު ބޯޓު ތިލަ ކުރުމަށް ސްރީލަންކާއިން ޓަގް ބޯޓެއް ގެންނަން ނިންމައިފިއެވެ.
އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރު ހަނާ މުހައްމަދު ވިދާޅުވީ އެ ޓަގު ބޯޓު ގެނައުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.
ހަނާ ވިދާޅުވީ ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވަނީ ކޯސްޓް ގާޑާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ކާގޯ ބޯޓު ރަސްފަރީގެ ފަރަށް އެރިކަމަށް އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 12:48 ގައެވެ.
ބޯޓު ފަރަށް އެރީ ރަސްފަރީގެ ހުޅަނގު ފަރާތުގެ ފަރަށެވެ.