ފްރެންޗް ލީގުގައި ބްރެސްޓްގެ މައްޗަށް 4-2 ކުރި ހޯދައި ޕީއެސްޖީއިން ލީގުގައި ބަލިނުވެއޮތް ރެކޯޑް ދަމަހައްޓައިފިއެވެ.

ލިއޮނެލް މެސީ އަދި ނޭމާ ނުލައި ކުޅުނު މެޗުގައި ޕީއެސްޖީއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ސްޕެއިން މިޑްފިލްޑަރު އެންޑަ ހެރޭރާ މެޗުގެ 23 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދިން އިރު 36 ވަނަ މިނިޓުގައި ފްރާންސް ފޯވާޑް ކިލިއަން އެންބާޕޭ ވަނީ އެޓީމުގެ ލީޑު ފުޅާކޮށް ދީފައެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ބްރެސްޓުގެ ފްރޯންކް ހޯނޮރާޓް ލަނޑެއް ޖެހިއެވެ. މިލަނޑަކީ ރޮމާން ފަވްރޭ ތަނަވަސްކޮށްދިން ފުރުސަތަކުން ހޯނޮރާޓް ޖެހި ލަނޑެކެވެ.

މެޗުގެ 73 ވަނަ މިނިޓުގައި އިދްރީސާ ގާނާ ގުއޭ ޕީއެސްޖީއަށް ދެލަނޑުގެ ލީޑު ނަގައިދީ މެޗުގެ ނަތީޖާ 3-1 ބަދަލުކޮށްލިއެވެ. ނަމަވެސް 85 ވަނަ މިނިޓުގައި ސްޓީވް މޮއުނީ ޖެހި ލަނޑާއެކު މެޗު ފޯރިގަދަ ވެގެން ދިޔައެވެ.

އިތުރު ވަގުތުގައި ލަނޑެއް ޖަހަން ބްރެންޓްއިން މަސައްކަތްކުރަމުން ދަނިކޮށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި އޭންހަލް ޑިމާރިއާ ވަނީ ޕީއެސްޖީއަށް މެޗުގެ ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަފަހަރު ހޯދާފައިވާ މެސީ ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވިފަހުން އަދި އެޓީމަށް ކުޅެފައި ނުވެއެވެ.

ކޮޕާ އެމެރިކާއަށް ފަހު ނޭމާ އަދި މެސީ ޕީއެސްޖީގެ ފަރިތަކުރުން ތަކުގައި ބައިވެރިވެފައި ވަނީ އެހެން ކުޅުންތެރިންނަށްވުރެ ލަހުންނެވެ.