21 Aug 2021, 07:57
ވަން ޕްލަސް ނުވައެއް އާރްޓީ އަންނަ އޮކްޓޯބަރު މަހު ޗައިނާ އާއި އިންޑިއާގައި ނެރެން ނިންމައިފިއެވެ.
އެ ފޯނަކީ މިއަހަރުގެ މާޗް މަހު ނެރުނު ވަން ޕްލަސް ނުވައެއް އާރުގެ އަޕްޑޭޓެޑް ވާޝަނެކެވެ.
އެންޑްރޮއިޑް ސެންޓްރަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފޯނު ލިބެން ހުންނާނީ ބައެއް މާކެޓުތަކުންނެވެ.
އެ ފޯނުގައި ހުންނަނީ ހައި ރިފްރެޝް ރޭޓު ޑިސްޕްލޭއެކެވެ. އެ ފޯނު ވަނީ އަވަހަށް ޗާޖު ކުރެވޭ ގޮތަށް އަޕްޑޭޓުކުރެވިފައެވެ.
އެ ފޯނުގައި 120Hz ގެ ރިފްރެޝް ރޭޓު ޑިސްޕްލޭއެއް ވާކަމަށް ލަފާކުރެވެއެވެ. އަދި އެމޯލްޑް ސްކްރީނަކާއި އެފްއެޗްޑީ ޕްލަސް ރިޒޮލިއުޝަނެއްވާކަމަށްވެސް ލަފާކުރެވެއެވެ.
އެ ފޯނުގައި 4500 އެމްއޭއެޗް ބެޓަރިއެއް ހުންނަ ކަމަށް އެންޑްރޮއިޑް ސެންޓްރަލްގައި ރިޕޯޓްކޮށްފައިވެއެވެ.
ސޮނީ އައިއެމްއެކްސް -766ގެ 50 މެގަ ޕިކްސް ކެމެރާއެއް އެ ފޯނުގައި ހުރެއެވެ.
ވަން ޕްލަސް ނުވައެއް އާރްޓީ އަކީ އޮކްސިޖެން އޯއެސް12 ބޭނުން ކުރާ ފުރަތަމަ ވަން ޕްލަސް ފޯނެވެ.