23 Aug 2021, 11:53
ޖުލައި 20 ވަނަ ދުވަހު އަލުން ހުޅުވި ސީނޯ ކެފޭއިން އާންމުން އެންމެ ބޮޑަށް ހިތް ކިޔާފައި ވަނީ ޕެރިޕެރި ޗިކަން ޕެކޭޖްއަށެވެ.
ސީނޯ ކެފޭއިން ބުނި ގޮތުގައި ގިނަ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލު ކެއުމަކީ ޕެރިޕެރި ޗިކަން ޕެކޭޖްއެވެ. އަދި އެ ރަހަޔަށް ކަސްޓަމަރުންގެ ހިތުގައި މާ ބޮޑަށްވެސް ލޯބި ޖެހިފައިވާކަން ކަސްޓަމަރުންގެ އޯޑަރުތަކުން އެނގެއެވެ.
ޕެރިޕެރި ޗިކަން ޕެކޭޖްގައި ހިމެނެނީ ރަހަ މީހު ކުކުޅަކާއި ބުޚާރީ ރައިސް އަދި ކުޅި ތަރުކާރީ ރިހައިގެ އިތުރުން މިންޓް ސޯސް އަދި އެއޯލީ ގާލިކް މާޔޯއެވެ.
ދެމީހުން ނުވަތަ ތިން މީހުންގެ ގްރޫޕްއަަކަށް ނަމަ ޕެރިޕެރި ޗިކަން ޕެކޭޖަކީ "އެންމެ ފައްކާ" ޕެކޭޖެވެ.
ޕެރީޕެރީ ޗިކަން ޕެކޭޖުގެ އިތުރުން، ކަސްޓަމަރުންގެ މެދުގައި މަގުބޫލުކަމަށް ސީނޯ ކެފޭއިން ފާހަގަކުރާ ޑިޝްތަކުގެ ތެރޭގައި އަލްފަހަމް ޗިކަން ޕެކޭޖު، ޗިކަން ބިރިޔާނީ އަދި ސީނޯ މީލް 1 އާއި 2 ހިމެނެއެވެ.
ކޮންމެ ދުވަހަކުވެސް މެންދުރު 12އިން ރޭގަނޑު 12އާ ދެމެދުގައި ސީނޯއިން ޑެލިވަރީ ކޮށްދޭނެއެވެ. އޯޑަރު ކުރަން ގުޅާނެ ނަންބަރަކީ 3333008 ނުވަތަ 9333008އެވެ. އަދި ފުޑީޒް އެޕްލިކޭޝަން މެދުވެރިކޮށްވެސް އޯޑަރު ކުރެވޭނެއެވެ.
ސީނޯ ކެފޭގެ މެނޫގައި ހިމަނާފައިވާ ހުރިހާ އައިޓަމަކުން 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ނިންމާލީ މިދިޔަ ހަފްތާގެ ތެރޭގައެވެ.