މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝިއަން އަކަށް އައިޝަތު ހަސަން އައްޔަން ކުރައްވައިފިއެވެ.

ޗީފް ސްޓެޓިސްޓިޝިއަން އަކަށް އައިޝަތު ހަސަން އައްޔަން ކުރެއްވިކަން އިއުލާންކުރީ މޯލްޑްިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޓްވިޓާ މެދުވެރިކޮށެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަކީ ޖުލައި މަސްތެރޭ ތަސްދީގުކުރި ތަފާސްހިސާބާ ގުޅޭ ގާނޫނުގެ ދަށުން ކުރީގެ ނެޝަނަލް ބިއުރޯ އިފް ސްޓެޓިސްޓިކްސްގެ ބަދަލުގައި ވުޖޫދުކުރި މުއައްސަސާއެކެވެ. އެ މުއައްސަަސާއިން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރި ހުރިހާ މަސައްކަތެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗީފް ސްޓެޓިސްޓީޝަން އަކީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކީ ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގުމަށް ފަސް އަހަރުގެ މުއަދަތަކަށް އައްޔަނުކުރާ ފަރާތެކެވެ. ގާނޫނުގެ ދަށުން ޗީފް ސްޓެޓިސްޓިޝަނަކީ އިންތިހާބުކުރެވޭ މަގާމެއް، ނުވަތަ ސިޔާސީ މަގާމެއްގައި ހުރި ފަރާތަކަށް ވެގެންނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެ މަގާމަށް އައްޔަނުކުރި އައިޝަތު ހަސަން އަކީ އިކޮނޮމިކްސް އަދި މެނޭޖްމެންޓްގެ ދާއިރާއިން ޑިގްރީ ނަންގަވައިގެން ހުންނެވި އަދި އިކޯމެޓްރިކްސް ދާއިރާއިން މާސްޓާޒް ހައްދަވާފައިވާ ބޭފުޅެކެވެ.