20 Aug 2021, 00:17
ކްލަބް އޮންލީ ވަން އޮޕޮޗުނިޓީގެ މައްޗަށް 7-1 ގެ ނަތީޖާއަކުން ކުރި ހޯދައި ބުރު ސްޕޯޓްސް ކްލަބުން ތިން ވަނަ ޑިވިޝަން ފައިނަލް މެޗުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ވަރުގަދަ ސްކޮޑަކާއެކު ތިން ވަނަ ޑިވިޝަނަށް ނިކުތް ބުރު ސްޕޯޓްސްއިން މުބާރާތް ފެށީވެސް ތަށި ނެގުމުގެ އަޒުމުގައެވެ. އެގޮތުން އެޓީމުން ވަނީ ކުރި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ސޮބޮލް އިލިއާ އަދި ރޯމަން ކުޑްޗެންކޯވެސް އެޓީމަށް ގެނެސްފައެވެ.
ބުރު ޓީމަށް ލަނޑުތައް ޖަހައިދިނީ ރޯމަން، އަބްދުﷲ ޝާފިއު، ސޮބޮލް އިލިއާ، އިބްރާހިމް މުބީން (މުއްކި) އާ މުހައްމަދު އަތީފުއެވެ. މުހައްމަދު ތަޝްމީން (ތައްތި) ވަނީ ދެލަނޑު ޖަހާފައެވެ. ކްލަބް 010ގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޖަހައިދިނީ ކުރީގެ ކްލަބް ވެލެންސިއާ ފޯވާޑް ގޮޑްފްރޭ ވެސްޓްއެވެ.
ފާއިތުވެދިޔަ 10 އަހަރު ތިން ވަނަ ޑިވިޝަނުގައި ހޭދަކޮށްފައިވާ ބުރު ޓީމު 2018 އަދި 2019 ވަނަ އަހަރުވެސް ކެޓީ ސެމީ ފައިނަލުން ބަލިވެގެންނެވެ.