22 Feb 2012, 13:27
ރޭސް ޖަހަން ގެންގުޅޭ ކޮތަރު ކިޑްނެޕްކޮށްގެން ފައިސާ އަތުލަމުން ދިޔަ ގްރޫޕެއް ޓައިވާންގެ ފުލުހުން ހޯދައި ހައްޔަރުކޮށްފި އެވެ.
ޓައިވާން ފުލުހުންނާ ހަވާލާދީ ތައިލެންޑްގެ ބެންކޮކް ޕޯސްޓް ނޫސް ބުނީ ކޮތަރު ކިޑްނެޕްކޮށްގެން ފައިސާ ހޯދަމުން ދިޔަ ގްރޫޕުން ގިނަ އަދަދެއްގެ ކޮތަރު ހިފަހައްޓާފައިވާ ކަމަށެވެ.
ކިޑްނެޕް ކުރާ ގްރޫޕުން ކޮތަރު ހިފާފައި ވަނީ ރޭސިން ޓްރެކްގައި މަޅި ޖަހައިގެން ކަމަށާއި ހިފެހެއްޓި ކޮތަރުތަކުގެ ވެރިންގެ އަތުން ކޮންމެ ކޮތަރަކަށް 165 ޑޮލަރު އަތުލާފައިވާ ކަމަށް ވެސް ޓައިވާން ފުލުހުން ބުނެފައިވެ އެވެ.
ކޮތަރު ކިޑްނެޕްކުރަމުން ދިޔަ ގްރޫޕް ފަޅާއެރީ ކޮތަރެއްގެ ވެރިއެއްގެ އަތުން ފައިސާ ހޯދުމަށް އޭގެ ވެރިއަކާ ބައްދަލުކުމުންނެވެ.
ކޮތަރު ރޭސް ޖެހުމަކީ ޓައިވާންގައި އާއްމު ކަމެކެވެ. ނަމަވެސް އެކަން އޮންނަނީ ޖުވާކުޅުމާ ވެސް ގުޅިފަ އެވެ.