ކ. ރަސްފަރީގެ މިއަދު އާގު ބޯޓެއް އަރައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ މިއަދު މެންދުރު 12:48 ގައެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު ފަރަށް އެރީ ރަސްފަރީގެ ހުޅަނގު ފަރާތުގެ ފަރަށް ކަމަށެވެ.

ބޯޓު ފަރަށް އެރުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ފަރަށް އަރާފައިވާ ބޯޓަކީ ޕެނަމާއަށް ނިސްބަތްވާ ބޯޓެއްކަމަށެވެ. އަދި އެ ބޯޓަކީ 190 މީޓަރު ދިގުމިނުގައި ހުރި ކާގޯ ބޯޓެކެވެ.

ކ. ރަސްފަރީ އަކީ ޓެލެކޮމިއުނިކޭޝަންސްގެ މަސައްކަތް ކުރާ ރަށެކެވެ.