19 Aug 2021, 11:51
މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމު ދޭ ޖަލްސާ އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ނޫސްވެރިކަމުގެ އިނާމު ދޭނެ ދުވަހެއް ކަނޑައަޅައި ނިންމީ އިއްޔެ ބޭއްވި އެމްއެމްސީގެ 32 ވަނަ ކައުންސިލް ބަައްދަލުވުމުގައެވެ. ނިންމުމާއެކު އެމްއެމްސީއިން ނެރުނު އިއުލާނުގައި ވަނީ އިނާމު ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 11 ވަނަ ދުވަހުގެ ރޭ 21:00ގައި ކަމަށް ބުނެފައެވެ
މި އަހަރު އިނާމު ދިނުމަށް ނިންމާފައި ވަނީ ޖުމްލަ 12 ދާއިރާއަކުންނެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:
ތަހުގީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
- ސިޔާސީ
- ޝަރުއީ އަދި ގާނޫނީ
- ވިޔަފާރިއާއި އިގްތިސޯދު
- ކުޅިވަރު
- ފޮޓޯ ޖާރނަލިޒަމް
- ވީޑިއޯ ޖާރނަލިޒަމް
- އޯޑިއޯ ޖާރނަލިޒަމް
- ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
- ފީޗާ / ރިޕޯޓް
- އެންމެ އުންމީދީ ނޫސްވެރިޔާ
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުއެވެ. މި އަހަރު އިނާމްު ދޭން ހަމަޖެހިފައިވާ ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއަކީ މި އަހަރު މުޅިން އަލަށް އިނާމު ދިނުމަށް ނިންމާފައިވާ ދެ ދާއިރާއެވެ.