ހަތަރު ސަތޭކަ މީޓަރު ދުވުމުން ގައުމީ ރިކޯޑް އައިޝަތު ހިމްނާ ހަސަން އާކޮށްފިއެވެ. ކުރިންވެސް 400 މީޓަރު ދުވުމުގެ ރިކޯޑް އޮތީ ހިމްނާ އަތުގައެވެ.

ހިމްނާ ގައުމީ ރިކޯޑް މުގުރާލީ 2019 ވަނަ އަހަރުު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގައެވެ. އެފަހަރު ހިމްނާ ރޭސް ނިންމާލީ 59.18 ސިކުންތުންނެވެ.

މިހާރު ކުރިއަށްދާ ދުނިޔޭގެ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގައި ހިމްނާ ރެކޯޑް އާކުރީ 58.90 ސިކުންތުން ދުވުން ނިންމައިގެނެވެ.