ފަނަރަ ވަނަ އިންޓަ އޮފީސް އަދި ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ރޭ ޕޮލިސް ކުލަބާ ދެކޮޅަށް ކުޅުނު މެވް ޖީއެމްއާރުން ކާމިޔާބު ކޮށްފި އެވެ.

ކުޅިވަރު އެކުވެނި އައުޓްޑޯ ކޯޓުގައި ކުޅުނު މިމެޗް ޖީއެމްއާރުން ކާމިޔާބު ކުރީ 73 ޕޮއިންޓް 65 ޕޮއިންޓުން ނެވެ.
މިރޭގެ މެޗުގައި ޕޮލިސް ކުލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ ބަޔަށް 21 ޕޮއިންޓް ކާމިޔާބު ކޮށްދިން މުހައްމަދު ހަސަންއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޖީއެމްއާރަށް 25 ޕޮއިންޓް ކާމިޔާބު ކޮށްދިން މުހައްމަދު ކުވައިލިދެވެ.

ދެ ޑިވިޝަން އަކަށް ބަހާލައިގެން އެއްބުރު ކުޅުމަށް ފަހު، ކޮންމެ ޑިވިޝަނަކުން އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާ މިމުބާރާތުގައި މިރޭ ބައްދަލުކުރާ ދެ ޓީމަކީ ދެ ވަނަ ޑިވިޝަންގެ މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެ ޑެވެ.