18 Aug 2021, 11:53
ހޮލީވުޑްގެ މަގްބޫލު ތަރި ޓޮމް ހާޑީ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ވެނޮމް: ލެޓް ދެއާ ބީ ކާނޭޖް-ވެނޮމް 2" ރިލީޒްކުރާ ތާރީހު ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބުނު ވެނޮމްގެ ދެވަނަ ބައި ރިލީޒްކުރާނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ތިއޭޓާތަކުގައި ރިލީޒްކުރާ މި ފިލްމުގެ ރަސްމީ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
ޝައުގުވެރި ގިނަ މަންޒަރުތަކެއް ފިލްމުގެ ޓްރެއިލާ އިން ފެނިގެންދިޔައިރު މި ފިލްމުގެ ޓްރެއިލާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އަދި ފިލްމު ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ވެސް އާންމުން އަންނަނީ ބުނަމުންނެވެ.
ވެނޮމް 2 އަކީ އެންޑީ ސާކިސް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ވެނޮމްގެ ރޯލު ކުޅޭނީ ޓޮމް ހާޑީއެވެ.
ވެނޮމްގެ ރޯލުން ޓޮމް ހާޑީ ފެނިގެންދާއިރު، ރިޕޯޓްތައް ބުނާގޮތުން ޓޮމް ހާޑީއަކީ ވެނޮމްގެ ފޭނެކެވެ. ސްޕައިޑަ މޭންގެ އެންމެ މަގްބޫލް ކެރެކްޓާރ، ވެނޮމް އެންމެ ފުރަތަމަ ބޮޑު ސްކްރީނުން ފެނިގެންދިޔައީ ސޭމް ރައިމީ ޑައިރެކްޓްކުރި، "ސްޕައިޑަ މޭން 3" އިންނެވެ. އެ ފިލްމުގައި ވެނޮމްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ޓޮފާ ގްރޭސްއެވެ.
ވެނޮމްގެ ފުރަތަމަ ފިލްމެއް އާންމުންނާ ހަމައަށް އައީ 2018 ވަނަ އަހަރުގައެވެ.