17 Aug 2021, 14:08
ހުޅުމާލޭ ސެކަންޑް ފޭސްގެ މަގުތައް ހިޔާ ފްލެޓްތަކާ ހަމައަށް ހުޅުވާލައިފިއެވެ.
ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިހާރު އާންމުންނަށް ބޭނުންކުރެވޭނެހެން ފްލެޓްތަކާއި ހަމައަށް ހުރި ހުރިހާ މަގެއް ހުޅުވާލެވިފައިވާކަމަށެވެ.
ނަމަވެސް އަދި މުޅިން އެއްކޮށް ދެވަނަ ފޭސްގެ މަގުތައް އާންމުންނަށް ހުޅުވާލަން ނިންމާފައިނުވާކަމަށް އެޗްޑީސީ އިން ބުންޏެވެ.
އެޗްޑީސީ އިން ހުޅުމާލެ ސެކަންޑް ފޭސްގެ މަގުތައް ފްލެޓްތަކާ ހަމައަށް ހުޅުވާލާފައިވާއިރު މިހާރު އާންމުން އަންނަނީ ހިޔާ ފްލެޓަށް ބަދަލުވުމަށްވެސް މަސައްކަތްކުރަމުންނެވެ.
އެގޮތުން ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކަށް ފްލެޓް ހަވާލުކޮށްފައިވާއިރު ހުޅުމާލޭގައި ހިޔާ މަޝްރޫގެ ދަށުން އަޅާފައިވާ ޓަވަރު ތަކުގެ ތެރެއިން H15 އަދި H16 ޓަވަރުތަކުގައި މިއަދުން ފެށުގެން ދާއިމީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.