ރޭގެ ވަގުތެއްގައި މާލެ ސިޓީގެ ގެއަކަށް ގަދަކަމުން މީހަކު ވަދެ މާރަމާރީ ހިންގައިފިއެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ ރޭ 20:14 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މާލޭގެ ގެއަކަށް ފިރިހެނަކު ވަދެ، ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގާފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

މާރާމާރީގައި ހަމަލާދިން ފިރިހެން މީހާއަށާއި އެގޭގައި ހުރި އަންހެނަކަަށް ކުދި އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ ފަރާތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.