ހއ. އިހަވަންދުއަށް ރަށުން ބޭރުން އައި ހަތަރު މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އިހަވަންދޫ ކައިންސިލްގެ ރައީސް އަހްމަދު ސޮބާހު "ސަން"އަށް ވިދާޅުވީ މިދިޔަ ހޮނިހިރާއި އާދީއްތަ ދުވަހު ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ކަރަންޓީން ކޮށްފައިވާ ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ މިރޭ މޮނިޓަރިނަށް ލީ އިހަވަންދޫ ހިމަނައިގެން ޖުމުލަ 13 ރަށެވެ. މިއީ މި އަހަރުގެ ތެރޭގައި އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައި ފުރަތަމަ ފަހަރެވެ.

މިވަގުތު މިނިޓަރިންގެ ހާލަތުގައިވާ ރަށްރަށް:

  • ރ. ދުވާފަރު

  • ކ. ކާށިދޫ
  • މ. ކޮޅުފުށި
  • ށ. ފީވަށް
  • ހއ. ތަކަންދޫ
  • ދ. ކުޑަހުވަދޫ
  • އއ. ހިމަންދޫ
  • ތ. ހިރިލަންދޫ
  • ހދ. މަކުނުދޫ
  • ބ. އޭދަފުށި
  • ބ. ކަމަދޫ
  • އދ. ހައްޏާމީދޫ
  • ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިހާލަތުގައި އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށް ރަށުގައި އަމަލު ކުރުމަށް އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ހުރިހާ ރައްޔިތުންވެސް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.