އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން އިތުރު 152 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ފާއިތުވި 24 ގަޑި އިރު ތެރޭ 152 މީހަކު ކޮވިޑަށް ޕޮޒިޓިވްވީ 5،660 މީހެއްގެ ސާމްޕަލުންނެވެ.

އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 83 މީހުންގެ އިތުރުން ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 40 މީހުންނެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 79،289އަށް ވަނީ އަރާފައެވެ.

މިވަގުތު ބަލި ޖެހިފައިތިބި 1،682 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 17 މީހުންނަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 77،373އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.