އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ގާސިމް އިސްލާމިކް ފައިނޭންސް ގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފިއެވެ.

ޝައިޚް އަލީ ޒާހިރު އެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ޝެއިޚް އަލީ ޒާހިރު މިއަދު ވިދާޅުވީ މިއީ އޭނާ ހާސިލުކުރަން ބޭނުންވި ވަރަށް ބޮޑު ލަނޑުދަނޑިއެއް ކަމަށް ވިދާޅުވިއެވެ.

ޝައިޚް އަލީ ޒާހިރު ދިރާސާ ކުރެއްވި ދާއިރާއަކީ ރާއްޖޭގެ އިސްލާމިކް އިންޝުއަރެންސްގެ ދާއިރާއެވެ. ޝަރުއީ، ދީނީ ނަޒަރަކުން އޭނާއަށް ވެވުނު އެންމެ ރަނގަޅަކަށް ވާނީ ދިރާސާ ކޮށްފައިކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ޒާހިރު ވަނީ އެ ދިރާސާ ކުރެއްވުމުގައި އޭނާއަށް އެހީތެރިވެދެއްވި ބޭފުޅުންނަށް ޝުކުރުދަންނަވާފައެވެ.

ޝުކުރުގެ ލިސްޓުގައި ރާއްޖޭގެ އިސްލާމިކް އިންޝުއަރެންސްގެ ހިދުމަތްދޭ އަމާނާ ތަކާފުލް އާއި އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލްއަށް ޝެއިޚް ހިމެނުއްވިއެވެ.

މީގެ އިތުރުންވެސް މޯލްޑިވްްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލިބުނު އެހީތެރިކަން ފާހަގަކުރައްވައި އެ ބޭންކަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ މާލީ މުއާމަލާތުތައް ޝަރުއީ ދީނީ ހަމަތަކާއެއްގޮތަށް ބަދަލުވެގެން ދިއުމަކީ ވަރަށް ލޯބިކުރާ ކަމެއް ކަމަށް ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ.