16 Aug 2021, 16:18
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ "ފަހި ދުވަސް" މާދަމާ ބާއްވަން ނިންމައިފިއެވެ.
"ފަހިދުވަސް" އޮންނާނީ މާދަމާ ހަވީރު 04:00 އިން 06:00 އަށް އަދި 08:00 އިން 10:00 އަށެވެ.
އެމްއެންޔޫއިން ބުނީ މިއިވެންޓު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އެ ޔުނިވާސިޓީގެ ފެކަލްޓީތަކާ ބޭހޭ މައުލޫމާތު ފޯރު ކޮށްދެވޭ ގޮތަށެވެ.
މި އިވެންޓުގައި އޯލެވެލް ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް އެމްއެންޔޫގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
"ފަހި ދުވަސް" މިއީ ސާނަވީ ތައުލިމު ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެސް އެމްއެންޔޫއިން ހިންގާ ހަރަކަތްތަކުގެ ތެރެއިން އެންމެ ތަރުހީބު ލިބޭ ހަރަކާތެވެ.
އެގޮތުން މި ހަރަކާތުގައި މައުލޫމާތު ފޯރުކޮށްދޭ ދާއިރާތައްވެސް އެމްއެންޔޫއިން ވަނީ އިއުލާންކޮށްފައެވެ.
އެމްއެންޔޫއިން ހިންގާ ކޯސްތަކުގެ ދާއިރާގެ މައުލޫމާތުގެ އިތުރަށް އޮގަސްޓު އިންޓޭކްއަށް ހުށަހަލާފައިވާ ސްކޮލާޝިޕްގެ ފުރުސަތްތަކުގެ މައުލޫމާތުވެސް މި އިވެންޓުން ފޯރުކޮށްދޭނެއެވެ.
އޮގަސްޓް އިންޓޭކާ ބެހޭ މައުލޫމާތު ދޭ ދާއިރާތައް
ބަހާއި އިންސާނީ އިލްމު
- ތައުލީމު
- އިންޖިނިއަރިން
- ސިއްހީ
- ފަތުރުވެރިކަމާއި މެހުމާންދާރީ
- ދީނީއިލްމު
- ސައިންސް
- ޝަރީއަތާއި ގާނޫނު
- ވިޔަފާރި
- ނިޔެމިކަން
- ފައުންޑޭޝަން ކޯސްތައް
އޮގަސްޓު އިންޓޭކްއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށް ހަމަވާނެއެވެ. އަދި ސްކޮލާޗިޕްތަކަށް އެދުމުގެ ފުރުސަތު ހަމަވަނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށެވެ.
އެމްއެންޔޫއަކީ ފަންނީ ގާބިލް ލެކްޗަރުންނާއެކު ތަފާތު އެތައް ދާއިރާއަކުން ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގަމުންދާ ޔުނިވާސިޓީއެކެވެ.