ގއ. ކޫއްޑޫ އެއާޕޯޓަށް ދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ފައިސާ ވަގަށްނެގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ކޫއްޑޫ އެއާޕޯޓަސް ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށްނެގި މައްސަލައެއް ވަނީ އިއްޔެ ރިޕޯޓްކޮށްފައެވެ. އަދި އެ މައްސަލައާ ގުޅިގެން ހަތަރު މީހެއް މިހާރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އެމީހުންނަކީ އުމުރުން 31، 32، 36 އަދި 37 އަހަރުގެ މީހެއްކަމަށް ފުލުހުން ބުންޏެވެ. އެ ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލާގައި ވަގަށް ނަގާފައިވާ ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފުލުހުން މިހާތަނަށްވަނީ 10،000 ޔޫރޯ ހޯދާފައެވެ. އެ ފައިސާ މިހާރުވަނީ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގި ކުރަމުންނެވެ.