ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފައިނޭންސް މިނިސްޓަރުކަން ކުރެއްވި އަހުމަދު އިނާޒު އެމްޑީޕީ އިން ވަކިވެވަޑައިގެންފި އެވެ

އިނާޒު މިރޭ ވިދާޅުވީ އެ ޕާޓީ އިން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވީ މިއަދު ކަމަށާއި މިވަގުތު ހުންނަވާނީ އެއްވެސް ޕާޓީއަކާ ނުގުޅި ކަމަށެވެ. ނަމަވެސް "އިންޓަލެކުޗުއަލްއެއް" ގޮތުގައި ގައުމަށް ހިދުމަތްކޮށްދެއްވުމަށް ތައްޔާރަށް ހުންނަވާނަމަ ކަމައްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ސިޔާސީ ޕާޓީތައް ފެނުނީ ވަރަށް ހިތިއެއްޗެއް ގޮތަށް،" އިނާޒް ވިދާޅުވި އެވެ.

އީޏާޒު ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް އިސްތިއުފާ ދެއްވަން އެމްޑީޕީގެ އެކުޓިވިސްޓުން މަޖުބޫރުކުރުވީ އީނާޒާއި ރައްޔިތުންގެ މަޖިލިހުގެ މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން އާ ދެބޭފުޅުން ޔާމީންގެ ގެ ކާރުގައި ބައްދަލުކުރައްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނަށް ފެނި އޭނާ އެމްޑީޕީގެ ހަރުގެއަށް ވައްދާ އެމީހުން އިނާޒާ ހުތުރުބަހުން މުހާތަބުކުރި ހާދިސާއަށް ފަހު އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އީނާޒު ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާދެއްވި ނަމަވެސް އޭނާ ހުންނެވީ އެމްޑީޕީން ވަކިވެ ވަޑައިގަންނަވާ ގޮތަށްނޫންކަމަށެވެ.

"އެމްޑީޕީއަށް ހިދުމަތް ކޮށްދިނުމުގައި ދެމިހުންނާނަން ނަމަވެސް މި ވަގުތަށް ސިޔާސީ ހަޔާތާ ދުރަށް މި ދިޔައީ،" އީނާޒު މީގެކުރިން ސަން އަށްދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.