Last Updated:
4 year 3 month ago

އޭއެފްސީ ކަޕްގެ ޕްލޭއޮފް: ކްލަބް އީގަލްސް 0 - 1 ބެންގަލޫރު އެފްސީ

    ބުލޮގު ޚުލާސާ

    އީގަލްސްގެ 30 އަށް ވުރެ ގިނަ އަހަރުވީ ދިގު ތާރީހުގައި މިހާތަނަށް ކުޅޭނެ އެންމެ ބޮޑު މެޗުގައި މިރޭ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އިންޑިއާގެ ގަދަބާރު ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗަށް ދެ ޓީމު ތައްޔާރުވެއްޖެ އެވެ.

    މިމެޗަށް އީގަލްސް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ވަނީ ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންވެސް ހިމެނެއެވެ.

    އަލީ އަޝްފާގް (ދަގަނޑޭ)، އަކްރަމް އަބްދުލް ގަނީ، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް އީސާ (މެސީ)، އަހުމަދު ރަޝީދު (އަންމަޑޭ)ގެ އިތުރުން ގައުމީ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލްވެސް ވަނީ އީގަލްސް އާ ގުޅިފައެވެ. އެހެން ނަމަވެސް މިރޭގެ މެޗުގެ ސްކޮޑުގައި އަލީ އަޝްފާގު ނުހިމަނަ އެވެ.

    މިރޭގެ މެޗަށް ނުކުންނައިރު ބެންގަލޫރުން އެންމެ ފަހުން ރަސްމީ މެޗެއް ކުޅުނީ އޭޕްރީލް 14 ވަނަ ދުވަހު އެވެ. އީގަލްސް އިން މެއި މަހުގެ ކުރީކޮޅުގަ އެވެ.

    މިރޭގެ މެޗުން ބަލިވުމާ އެކު އީގަލްސް މުބާރާތުގެ ގުރޫޕް ސްޓޭޖަށް ކޮލިފައިނުވާ އިރު، ބެންގަލޫރު ވަނީ ޖާގައެއް ހޯދައިފަ އެވެ.

    21:49

    "9:50 - މެޗު ނިމުނީ. އީގަލްސް 0 - 1 ބެންގަލޫރު އެފްސީ

    21:47

    "9:48 - ސެންޓޭ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ހުރަސް ދަނޑިމަތިން ބޭރަށް.

    21:46

    "9:46 - އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނަޓު ރެފްރީ ދައްކައިފި.

    21:45

    "9:46 - ބެންގަލޫރުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ސުނިލް ޗެތުރީގެ ބަދަލުގައި ކުޅެން ނުކުތީ ދާނިޝް ފާރޫގް

    21:42

    މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ އެއް މިނަޓު. އީގަލްސް 0 - 1 ބެންގަލޫރު އެފްސީ

    21:41

    "9:41 - ބެންގަލޫރު ޓީމުން ފުލުފުލުގައި ދެ ބަދަލު ގެނެސްފި

    21:37

    "9:39 - ބެންގަލޫރު އެފްސީއަށް ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތެއް. އެ ޓީމުގެ ފޯވާޑް ލިއޯން ކުރިއަށް ފޮނުވާލި ބޯޅަަ ދިޔައީ ގޯލު ހުރަސް ދަނޑިމަތިން ބޭރަށް

    21:34

    "9:34 - އީގަލްސްގެ ޑިފެންޑަރު އަކުރަމްއަށް އަނިޔާވެގެން ފަރުވާ ދެނީ.

    21:31

    "9:32 - އީގަލްސްގެ ރާއިފް (ހަންނަ)ގެ ބަދަލުގައި9 އިމްރާން ނަޝީދު ކުޅެން ނުކުމެއްޖެ.

    21:30

    "9:30 - ބެންގަލޫރު ޓީމަށް ކޯނަރެއް. ގޯލަށް ނުރައްކާ ވުމުގެ ކުރިން އީގަލްސްގެ ކުޅުންތެރިން ބޯޅަ ހޯދައިފި

    21:28

    އީގަލްސްގެ ފުރަތަމަ ބަދަލު. ނާއިމްގެ ބަދަލުގައި ކުޅެން ނުކުތީ ޒުވާން ފޯވާޑް ޒައިން ޒަފަރް

    21:24

    "9:27 - ބެންގަލޫރުން ބަދަލެއް. މުހައްމަދު އާޝިގް ކުރްނިޔާންގެ ބަދަލުގައި ކުޅެން ނުކުތީ ރޯޝަން ސިންގްް ނައޮރެމް

    21:22

    "9:22 - އީގަލްސްއަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް. ހަންނަ ދިން ބޯޅައެއް ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ސެންޓޭ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތިން ބޭރަށް.

    21:19

    "9:21 - އީގަލްސްގެ ޑިިފެންޑަރު ނޫމާން (ހެލްމެޓް) އަށް އަނިޔާވެގެން ފަރުވާ ދެނީ.

    21:17

    "9:18 - މެޗުގެ 62 މިނަޓު ކުޅެވިއްޖެ. އީގަލްސް 0 - 1 ބެންގަލޫރު އެފްސީ

    21:13

    "9:15 - އީގަލްސްއިން ވެސް ބަދަލަކަށް ތައްޔާރުވަނީ. އެގޮތުން ބެންޗު އެކީ ވާމް އަޕްއަށް ނެރެފައި.

    21:13

    "9:15 - އީގަލްސްއިން ވެސް ބަދަލަކަށް ތައްޔާރުވަނީ. އެގޮތުން ބެންޗު އެކީ ވާމް އަޕްއަށް ނެރެފައި.

    21:10

    އެގޮތުން މިޑްފިލްޑަރު ދާނިޝް ފާރޫގް، ލިއޯން އޮގޮސްޓިން އަދި ފޯވާޑް ބިދްޔަޝަރު ސިންގް

    21:06

    "9:08 - ބެންގަލޫރު ތިމުގެ ތިން ކުޅުންތެރިން ވާމް އަޕްއަށް ނިކުމެއްޖެ

    21:04

    "9:06 - އީގަލްސް 0 - 1 ބެންގަލޫރު އެފްސީ

    21:01

    "9:02 - އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަނީ ޓީމު އިތުރަށް ކުރިއަށް ޖައްސައިގެން.

    20:57

    "9:01 - ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކުޅުން ފެށީ އީގަލްސްއިން

    20:56

    އީގަލްސް އަށް ގްރޫޕް ސްޓޭޖަށް ވަދެވިއްޖެނަމަ ޖެހިޖެހިގެން ދެ ސީޒަނުގައި އޭއެފްސީ ކަޕްގެ އެއް ގްރޫޕެއްގައި ރާއްޖޭގެ ދެ ކްލަބް އޮންނާނެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރި.

    20:56

    އީގަލްސް އިން އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗަށް އައީ ޕްރިލިމިނަރީ ދެ ބުރު ފަހަނައަޅައިފަ. ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން އީގަލްސް މޮޅުވި.

    ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމަށް ކަންތައްތަކެއް ހަމަނުޖެހި ކުޅެވޭގޮތް ނުވުމުން އެންމެ ފަހުން އޭއެފްސީން ނިންމީ އީގަލްސް އަށް މެޗު ލިބުނީ ކަމަށް.

    20:55

    އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް.

    20:51

    މިރޭގެ މެޗުގެ ކުރިން އިއްޔެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އީގަލްސްގެ ކެޕްޓަން ކުރޯ ބުނީ އީގަލްސް ކުޅުނަސް މިއީ ހަގީގަތުގައި ގައުމީ ކަމެއް ކަމަށާއި އެ ޓީމު މޮޅުވެއްޖެނަމަ ރާއްޖެ އަށް ވެސް ރީތި ނަން ލިބޭނެ ކަމަށް

    20:51

    މި ފަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި އީގަލްސްއާ ދެކޮޅަށް ބެންގަލޫރު ނިކުންނައިރު، މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުންވެސް އެ ޓީމު ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފައި.

    20:48

    އީގަލްސްއާއި ބެންގަލޫރު ބައްދަލު ކުރާ މެޗު --- ސަން ފޮޓޯ

    20:48

    އީގަލްސްއާއި ބެންގަލޫރު ބައްދަލު ކުރާ މެޗު --- ސަން ފޮޓޯ

    20:47

    "8:47 - ފުރަތަމަ ހާފުގެ ކުޅުން ނިމުނީ. ބެންގަލޫރު އެފްސީ 1 - 0 އީގަލްސް

    20:47

    މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި ކުޅެވުނު އިރު ބެންގަލޫރުން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ އިންޑިއާ މިޑްފީލްޑަރު ޖަޔޭޝް ރަނާ.

    20:27

    "8:36 - އީގަލްސްއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް. މެސީ ގޯލު ކުރި މައްޗަށް ހުރަސްކޮށްލި ބޯޅަ އަސްހަދު އަލީގެ ފައިގައި ލައްވާލާ ގޮތެއް ނުވި.

    20:26

    "8:26 - ބެންގަލޫރު އެފްސީ ގޯލު. މިހާރުގެ ސްކޯ އަކީ ބެންގަލޫރު އެފްސީ 1 - 0 އީގަލްސް

    20:26

    އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗަކީ މާކޯ ޕެއްޒައިއޯލީ

    20:23

    މިރޭ ކުޅޭ މެޗުގައި އީގަލްސްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދަނީ މުހައްމަދު ޝާޒްލީ (ޝާޒް).

    20:22

    "8:22 - މެޗު ފަށައިގެން ފުރަތަމަ ހާފުގެ 22 މިނަޓު ކުޅެވުނު އިރު ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ގޯލު ޖެހިފައެއް ނުވޭ. އެހެން ނަމަވެސް މިހާތަނަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ހޯދީ އީގަލްސްއިން.

    20:21

    އަނިޔާގެ ސަބަބުން އަލީ އަޝްފާގު (ދަގަނޑޭ) މިރޭގެ ސްކޮޑުގައި ހިމެނިފައެއް ނުވޭ.

    20:21

    އީގަލްސް އިން އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ވަނީ ގައުމީ ޓީމުގެ ތަޖުރިބާކާރު ސީނިއާ ރަނގަޅު ކުޅުންތެރިންތަކެއް ގެނެސްފައި.

    އެ ކުޅުންތެރިންނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ) އަދި އިސްމާއިލް އީސާ (މެސީ)

    މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަދި ދަ ގްރާންޑޭ އިން ކުރިން ފެނުނު އަހުމަދު ހަސަން (އައްމަޑޭ) ވެސް އީގަލްސްއާ ގުޅުނު

    20:12

    "8:16 - އަލީ ފާސިރު ހުސްކޮށްލާފައި މެސީއަށް ދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފި. އެކަމަކު ލައިންސްމަން ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށް.