15 Aug 2021, 11:22
އަފްގާނިސްތާން (އޯގަސްޓް 15): އަފްގާނިސްތާނުގެ ޖަލާލްއާބާދް ތާލިބާނުން ހިފައިފިއެވެ. ބީބީސީއިން ރިޕޯޓްކުރި ގޮތުގައި ތާލިބާނުން އެ ސިޓީ ހިފީ އެއްވެއްސް ހަނގުރާމައަކާއި ނުލައެވެ.
މިއާއެކު މިހާރު އެގައުމުގައި ތާލިބާނުންގެ އަތްދަށުގައި ނެތް ހަމައެކަނި މައި ސިޓީއަކީ ވެރިރަށް ކާބުލްއެވެ. ޖަލާލްއާބާދުގެ ގަވަރުނަރު ވަނީ ތާލިބާން ޖަމާއަތަށް އަމާންދީފައެވެ. އަދި ތާލިބާނުން އެ ރަށް ހިފީ އެއްވެސް ހަނގުރާމައަކާއި ނުލައިކަމަށް އަފްގާންގެ އޮފިޝަލަކު ވަނީ ރޮއިޓާޒްއަށް މައުލޫމާތު ދީފައެވެ.
ޖަލާލްއާބާދު ހިފުމުގެ ކުރިން ތާލިބަނުން ވަނީ މަޒަރް-އި-ޝަރަފް ކިއްލާވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
ތާލިބާނުން ހަނގުރާމައިގައި ހޯދަމުންދާ ކުރިއެރުންތަކާހެދި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، މަގާމުން އިސްތިއުފާ ދިނުމަށްވެސް ޕްރެޝާ އަންނަން ފަށައިފައެވެ.
ތާލިބާނުންގެ ހަމަލާތައް ވަރުގަދަވެގެންދިޔައީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަން ފެށުމާއެކުގައެވެ.