21 Feb 2012, 20:11
އަންނަ މާޗް މަހުގެ އެއް ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މާޗް މަހުގެ އެއް ވަނަ ދުވަސް ބަން ދުވަހެއްގެ ގޮތުގައި ނިންމެވީ އެ ދުވަހަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ކަމަށް ވާތީ ކަމަށެވެ. މަޖިލިސް ހުޅުވާ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެ އެވެ.