21 Feb 2012, 16:54
އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބެއްގައި އެމްޑީޕީ އިން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޑީޕީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރިޔާސީ ކެންޑިޑިޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ މަގާމަށް ކުރިމަތިލާ ކެންޑިޑޭޓެއްގައި ހުންނަން ޖެހޭނެ އަށް ޝަރުތެއް ފާހަގަކޮށްފައިވާ އެ އިއުލާންގައި އިންތިހާބުގައި ބައިވެރިވުމަށް އެދެން ވާނީ އެމްޑީޕީގެ 300 މެންބަރުންގެ ސޮޔާއެކު ކަމަށް ބުނެފައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް އަންނަ މޭ މަހު ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.