14 Aug 2021, 09:20
ޑައިރެކްޓަރު ޝަކުން ބަޓްރާގެ ނަން ހާމަނުކުރާ ފިލްމުގެ ޝޫޓިން ނިންމާލައިފިއެވެ.
ބަތަލާ ދީޕިކާ ޕަދުކޯން، އަނަންޔާ ޕާންޑޭ އަދި ސިދާންތު ޗަކްރަވޭދީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ކާމިޔާބުކަމާއެކު ނިންމާލެވުނުކަން ތަރިން ވަނީ އެމީހުންގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ.
ޚަބަރުތައް ބުނާގޮތުައި މި ފިލްމުގައި އަނަންޔާ އާ ދީޕިކާ ކުޅޭނީ އެއްބަނޑު ދެމީހުންގެ ރޯލެވެ. އަދ ދީޕިކާގެ ކެރެކްޓާއަކީ ފިޓްނަސް ޓްރެއިނާ އެއް ކަމަށް ޚަބަރުތައް ބުނެއެވެ. މި ފިލްމުގެ މަންޒަރުތައް ނެގީ މުމްބާއީ، އަލީބާގު އަދި ގޯއާގައެވެ.
ފިލްމުގެ ޝޫޓިން ނިންމާލި ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީޚެއް އިއުލާންކޮށްފައެއްނުވެއެވެ.
ބަތަލާ ދީޕިކާގެ ކުރިއަށް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އެއީ ފިރިމީހާ ރަންވީރު ސިންހް އާއެކު ފެނިގެންދާ ފިލްމު "83"، "ދަ އިންޓާން"، "ފައިޓާ" އަދި "ކޭ"އެވެ. މި ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ސިނަމާތަކުގައި ރިލީޒްކުރާނީ "83"އެވެ.