ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރުގެ ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ، ކެޓްރީނާ ކެއިފް އަދި މިހާރުގެ ލޯބިވެރިޔާ އާލިއާ ބަޓް އެކުގައި ފެނިގެންދާ ފިލްމެއް އިއުލާންކޮށްފިއެވެ.

މި ތިން ތަރިން އެކުގައި ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެންދާއިރު މި ފިލްމުވެގެންދާނީ ތާރީޚީ ފިލްމަކަށެވެ. "ޖީ ލޭ ޒަރާ"ގެ ނަމުން ނަންދީފައިވާ މި ފިލްމު ޑައިރެކްޓްކުރާނީ ފަރްހާން އަޚްތަރުއެވެ. މި ފިލްމަކީ ތިން އަންހެން ރަހުމަތްތެރިންގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ.

ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރަނީ ޒޯޔާ އަޚްރަރުއެވެ. "ޖީ ލޭ ޒަރާ" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުއެވެ.