12 Aug 2021, 09:40
ގިނަ އަދަދެއްގެ ފަތުރުވެރިންތަކަކާއެކު ދަތުރުކުރަމުން ދިޔަ ސަފާރީއެއް ދިޔަވުމުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 21:19 ހާއިރުކަމަށެވެ.
"އޮނާޒް ލެގަސީ" ނަަމަކަށްކިޔާ އެ ސަފާރީ ދިޔަވަމުން ދިޔައިރު އޭގައި 10 ފަޅުވެރިންނާއި 21 ފަތުރުވެރިންނާއެކު ޖުމްލަ 31 މީހުން ތިއްބެވެ. އެ ސަފާރީ އޭރު އޮތީ އދ. ދަނގެއްޗާއި 2.6 ނޯޓިކަލް މޭލު ބޭރުގައެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްކޮޑްރަން އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާއެވެ.
އަދި ރޭ ދަންވަރު 02:10 ހާއިރު އެ ސަފާރީ ވަނީ އދ. ދިގުރަށަށް ވަނީ ގެންދެވިފައެވެ.