އޯލެވެލް އިމްތިހާނުގެ ނަތީޖާ މާދަމާ ސްކޫލްތަކަށް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ސްކޫލްތަކުން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން ދަރިވަރުންނަށް ނަތީޖާ ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިހާރު އަންގާފައިވާނެކަމަށެވެ.

ރާއްޖޭގައި އާންމުކޮށް އޯލެވެލް އިމްތިހާނު ހަދަނީ އޮކްޓޯބަރު/ނޮވެމްބަރު ސީރީޒްގައެވެ. ނަމަވެސް ކޮވިޑް-19 އާއެކު މިދިޔަ އަހަރުގެ މި އިމްތިހާނު މި އަހަރުގެ މޭ/ޖޫން އަށް ވަނީ ފަސްކޮށްފައެވެ.

އެގޮތުން މި އަހަރު ރާއްޖޭގެ 235 ސެންޓަރެއްގައި 5955 ދަރިވަރުން އޯލެވެލް އިމްތިހާނުވަނީ ހަދާފައެވެ.