ޓްރީޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ކޮންޖެނިޓަލް ހިޕް ޑިސްލޮކޭޝަން ސާޖަރީއެއް ފުރިހަމަކޮށްފައެވެ.

ޓްރީޓޮޕުން މި ސާޖަރީކޮށްފައިވަނީ ދުވަސްނުފުރާ ވިހޭ ޑީޑީއެޗް އަދި އިތުރުވެސް އެބްނޮމާލިޓީސްތަކެއް ހުރި ކުއްޖަކަށެވެ.

މި ކުއްޖަކީ މިހާތަނަށް އެ ހޮސްޕިޓަލުގައި ވިހެއި ކުދިންގެ ތެރެއިން އެންމެ ގިނަ ކޮންޖެނިޓަލް ޑިފޯމިޓީސް އަދި އެބްނޯމިލިޓީސް ހުރި ކުއްޖާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"ޑިވެލޮޕްމެންޓް ޑިސްޕްލާސިއާ އޮފް ދަ ހިޕް" ނުވަތަ ޑީޑީއެޗް އަކީ އެފެދުމުގައި ޅިނދުކަށިގަނޑުގައި ހުންނަ މައްސަލައަށް ކިޔާ ނަމެކެވެ.މި ބައްޔަކީ އެކި މީހުން ގައިން އެކި މިންވަރަށް ފާހަގަވާ ބައްޔެކެވެ.

އަދި މި ބަލި ވިހާވެސް އަވަހަށް ހޯދައި ފަރުވާދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެގޮތުން ޑީޑީއެޗް ޑައިގްނޯޒް ނުކުރެވި ހުންނަ ނަމަ ބަލީގެ ސަބަބުން ގިނަ އިތުރު ދަތިތަކާ ކުރިމަތި ލާން ޖެހެއެވެ. އޭގެތެރެއިން ޅިނދުކަށިގަނޑުގެ ހުޅުތައް މަސައްކަތްކުރުމުގައި އެކި މައްސަލަތައް ކުރިމަތިވެގެންދެއެވެ.

ޓްރީޓޮޕުން މިމީގެ ކުރިން ވަނީ ޑީޑީއެޗް ސްކްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. އަދި މި ފްރޮގްރާމުގެ ދަށުން ޑީޑީއެޗް ހުންނަ ކުދިން ފާހަގަކޮށް އެކުދިންނަށް އަވަސް ފަރުވާ ވަނީ ދީފައެވެ.