11 Aug 2021, 15:14
ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަމާކެޓް "ރެޑްވޭވް" އިން މުޅިން އާ ބްރޭންޑްތަކެއް ބާޒާރަށް ނެރެފިއެވެ.
ރެޑްވޭވުން ބުނީ މުޅިން އަލަށް ތައާރަފްކޮށްފައިވަނީ ސައުތު އެފްރިކާގެ ވަރަށް ހާއްސަ، ކަސްޓަމަރުން ގަޔާވާ ފަދަ ބްރޭންޑުތަކެއް ކަމަށެވެ.
އޭގެ ތެރޭގައި ތަފާތު ލުއި ކާނާއާއި، ޑެއިރީ އަދި ސޯސްގެ ބާވަތްތަކުގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައްވެސް ހިމެނެއެވެ.

ރެޑްވޭވްއިން އަލަށް ތައާރަފުކުރި ބައެއް އުފެއްދުންތައް--
އެގޮތުން މަޝްހޫރު ޑޮރީޓޯސް، ލޭސް އަދި ސައުތު އެފްރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އޯމާ ރަސްކު ފަދަ ބްރޭންޑްތަކުގެ އެކި ކަހަލަ ލުއިކާނާގެ އިތުރުން، "އެނަގޭޑް" ސްޕޯޓްސް ޑްރިންކްވެސް މިހާރު ރެޑްވޭވުން ލިބޭނެއެވެ.
މީގެ އިތުރުން ޔަމްޔަމް ޕީނަޓް ބަޓާ، ފަސްޓް ޗޮއިސްގެ ޑެއިރީގެ ބާވަތްތައް، މަނޯލީސް މަންޗީސްގެ އެކި ކަހަލަ ނަޓްސް އަދި ޑްރައިޑް ފްރުޓްސްގެ އިތުރުން ސްކޫލް ކުދިންގެ އިންޓަވަލްއަށް ބޭނުންވާނެ ފަދަ ބުއިންތަކާއި ޔޯގަޓް އަދި ފްލޭވާޑް މިލްކް ވެސް ރެޑްވޭވުން ވަނީ މާކެޓަށް ނެރެފައެވެ.

ރެޑްވޭވްއިން އަލަށް ތައާރަފުކުރި ބައެއް އުފެއްދުންތައް--
ރެޑްވޭވް އިން ބުނީ އެކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮލިޓީ ރަނގަޅު މޮޅު ބްރޭންޑްތައް ރާއްޖޭގެ މާކެޓަށް ހެޔޮއަގުތަކުގައި ތައާރަފުކުރުން ކަމަށެވެ.
ވީހާވެސް ގިނަ ކަސްޓަމަރުން ރެޑްވޭވްގެ ފިހާރަތަކަށް ޒިޔާރަތްކޮށް، މުޅިން އަލަށް ތައާރަފުކުރި ސައުތު އެފްރިކާގެ ބްރޭންޑްތަކުގެ އަޖުމަ ބަލައިލުމަށް ރެޑްވޭވުން ވަނީ ދައުވަތު އަރުވާފަ އެވެ.