ފަނަރަ ވަނަ އިންޓަ އޮފީސް އަދި ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަން އަތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) މޮޅުވެއްޖެ އެވެ.

ކުޅިވަރު އެކުވެނި އައުޓްޑޯ ކޯޓުގައި ރޭ ކުޅުނު މެޗް ސްޓެލްކޯއިން ކާމިޔާބު ކުރީ 43 ޕޮއިންޓް 41 ޕޮއިންޓުން ނެވެ.

ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ސްޓެލްކޯއަށް 16 ޕޮއިންޓް ހޯދައިދިން މުހައްމަދު މުހުސިނެވެ.

ދެ ޑިވިޝަން އަކަށް ބަހާލައިގެން އެއްބުރު ކުޅުމަށް ފަހު، ކޮންމެ ޑިވިޝަނަކުން އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާ މިމުބާރާތުގައި މިރޭ ބައްދަލުކުރާ ދެ ޓީމަކީ ފުރަތަމަ ޑިވިޝަންގެ ޖީއެމްއާރާއި އެމްއެންޑީއެފް އެވެ. މިރޭގެ މެޗަށް މިދެޓީމް ނިކުންނަ އިރު ޖީއެމްއާރު ވަނީ މިމަހުގެ 18 ވަނަ ދުވަހު އިމްގްރޭޝަންއާ ދެކޮލަށް ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ. އަދި އެމްއެންޑީއެފް ވަނީ މިމަހުގެ 19 ވަނަ ދުވަހު ޕޮލިހާ ދެކޮޅަށް ކުޅެ މޮޅުވެފަ އެވެ. މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައި 8:30 ގައެވެ.

މުބާރާތުގައި މާދަމާ ރޭ ބައްދަލުކުރާ ދެ ޓީމަކީ ދެ ވަނަ ޑިވިޝަންގެ މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަނާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެ ޑެވެ.