ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަންނަ ބުދަ ދުވަހުގެ ރޭ އޮލިމްޕިކޭ ޑީ މާސޭލް އާ ދެކޮޅަށް އިންޓަމިލާން ކުޅޭ މެޗުގައި ނެރޭ ފުރަތަމަ އެގާރައިން އެ ޓީމުގެ ނުރައްކާ މިޑްފީލްޑަރު ސްނައިޑާ ބޭނުން ނުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިންޓަގެ ކޯޗު ކްލައުޑިއޯ ރަނިއެރީ ބުނެފި އެވެ.

އިންޓަގެ މެދުތެރެއިން ޓީމަށް އެންމެ އެހީތެރިކަން އަދާކޮށްދޭ އެއް ކުޅުންތެރިއަކީ ހޮލެންޑްގެ މިޑްފީލްޑަރު ސްނައިޑާ އެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އިންޓަގެ ކޯޗު ރަނިއޭރީ ގަބޫލުކުރާ ގޮތުގައި ސްނެއިޑާ ނޫނީ ދެފޯވާޑުން ބޭނުން ކޮށްގެން ނޫނީ ކާމިޔާބީ އެއް ނެތް ކަމަށެވެ.

"ސްނައިޑާ ބޭނުންކުރާ ނަމަ، އެއް ފޯވާޑު ލައިގެން ކުޅެން ޖެހެނީ. ދެ ފޯވަޑުން އަރުވާ ނަމަ، ސްނައިޑާގެ ބޭނުމެއް ނެތް. ސްނައިޑާ ހުރުމަކީ މައްސަލައެއް ނޫން. ހުރި ނަމަވެސް އެ މައްސަލަ ހައްލުކުރެވޭނެ. ނަމަވެސް އޭނާ ބޭނުން ކުރަން ޖެހޭނީ އެންމެ ރަނގަޅު ދަނޑިވަޅުގައި." ރަނިއެރީ ބުންޏެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި ސްނައިޑާ ނެތް ނަމަ، އިންޓަ އަކީ ބާސާގައި ޒަވީ އާއި އިނިއެސްޓާ ނެތް ފަދަ ކަމެއް ކަމަށް ފާހަގަ ކުރެ އެވެ. އަދި ސްނައިޑާ ނެތް ނަމަ، އިންޓަގެ މެދުތެރެއަކީ ނުކުޅެދުންތެރި ޑިޕާޓމަންޓެއް ކަމަށް ވެސް ފާހަގަކުރެ އެވެ.