"ޖޭ ހޯ" ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑް އެކްޓްރެސް ކަމަށްވާ ސަނާ ހާން ފިލްމު އިންޑަސްޓްރީއިން ވަކިވެ ކައިވެނިކުރި ފަހުން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފިއެވެ.

ސަނާ ޗުއްޓީ ހޭދަކޮށްލަން އައީ އޭނާގެ ފިރިމީހާ އަނަސް ސައްޔިދު އާއެކުގައެވެ. ފިނޮޅު ވިލާސް މޯލްޑިވްސްގެ ހިތްގައިމު މާހައުލުގައި ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނައިރު ސަނާ ވަނީ ރާއްޖޭގެ ބައެއް ފޮޓޯތައް އިންސްޓަގްރާމްކޮށްފައެވެ.

ކުރީގެ ބަތަލާ ސަނާ ބުނީ ރާއްޖެ އައުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި ތަނަކީ ވަރަށް ހިތްފަސޭހަ ތަނެއް ކަމަށެެވެ. އޭނާ ފިލްމީ ދާއިރާ ދޫކުރީ ދީނީ ސަބަބުތަކަށް ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

ބަތަލާ އެންމެ ފަހުން ކުޅުނީ އަކްޝޭ ކުމާރުގެ "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ"އެވެ. އޭނާ ވަނީ ރިއަލިޓީ ޝޯ "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށްފައެވެ.