އޮޒެން ލައިފް މާދޫ ރިސޯޓުގައި ޕެޓްރޯލް ފީފާއެއްގައި އަލިފާން ރޯވެ ހަތަރު މީހަކު ފިހިއްޖެއެވެ.

މި ހާދިސާ އާ ބެހޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ފީފާގައި ރޯވި އަލިފާން، އެ ރިސޯޓުގެ މުވައްޒަފުން މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގައި ފިހުނު ހަތަރު މީހުން އިތުރު ފަރުވާއަށް މާލެ ގެންސްފައިވާ ކަމަށެވެ.

އެ ހާދިސާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.