ސީނޯ ކެފޭގެ މެނޫގައި ހިމަނާފައިވާ ހުރިހާ އައިޓަމަކުން 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަން ކުރިއަށްގެންދާނީ މި މަހުގެ 14ވަނަ ދުވަހާ ހަމައަށެވެ.

އެ މުއްދަތުގައި ސީނޯ ކެފޭގެ މެނޫގައި ހިމެނޭ ހުރިހާ އައިޓަމަކުންވެސް 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެއެވެ.

ސިނޯ ކެފޭއިން ވަކި އެއް ކުޒީންއެއްގެ ބަދަލުގައި ތަފާތު އެކި ކުޒީންތަކުގެ ކާނާ ލިބެންހުރެއެވެ. އޭގެ ތެރޭގައި އިންޑިއަން ކުޒީންއާއި އަރަބިކް އަދި އިޓާލިއަން ޑިޝްތަކާއި ދިވެހިންގެ މެދުގައި އާންމުކޮށް މަގުބޫލު ޑިޝްތައްވެސް ހިމެނެއެވެ.

ކަސްޓަމަރުންގެ މެދުގައި މަގުބޫލުކަމަށް ސީނޯ ކެފޭއިން ފާހަގަކުރާ ޑިޝްތަކުގެ ތެރޭގައި ޕެރީޕެރީ ޗިކަން ޕެކޭޖު، އަލްފަހަމް ޗިކަން ޕެކޭޖު، ޗިކަން ބިރިޔާނީ އަދި ސީނޯ މީލް 1 އާއި 2 ހިމެނެއެވެ.

މީގެ އިތުރުން ސީނޯގެ ފްރައިޑޭ ސްޕެޝަލް ޕެކޭޖަކީވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޕެކޭޖެކެވެ. ބިރިޔާނީއާއި އަލްފަހަމް ނުވަތަ ޕެރީޕެރީގެ ތެރެއިން ބޭނުން ވައްތަރެއް ހިޔާރުކުރެވޭ ފްރައިޑޭ ސްޕެޝަލް ޕެކޭޖު ދެ މީހުންނަށް ނުވަތަ ފަސް މީހުންނަށް ފުދޭ ގޮތަށް އޯޑަރު ކޮށްލެވޭނެ އެވެ.

ކޮންމެ ދުވަހަކުވެސް މެންދުރު 12އިން ރޭގަނޑު 12އާ ދެމެދުގައި ސީނޯއިން ޑެލިވަރީ ކޮށްދޭނެ އެވެ. އޯޑަރު ކުރަން ގުޅާނެ ނަންބަރަކީ 3333008 ނުވަތަ 9333008 އެވެ. އަދި ފުޑީޒް އެޕްލިކޭޝަން މެދުވެރިކޮށްވެސް އޯޑަރު ކުރެވޭނެ އެވެ.