އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

އުރީދޫއިން ބުނީ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު މި މަހު 14ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން އެ ފުރުސަތު ހުޅުވާލާފައިވަނީ އޮގަސްޓް ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

އެގޮތަށް ނިންމީ ސްކޫލް ބަންދާއި މޫސުމީ ހާލަތާ ގުޅިގެން ދުވުން ފުރިހަމަކުރަން ވަގުތު އިތުރުކޮށްދިނުމަށް ގިނަ ދުވުންތެރިންގެ އެދުމުގެ މަތިންކަމަށް އުރީދޫއިން ބުނެއެވެ.

މިއަހަރުގެ އަތޮޅު ރަންގައި ފަސް ކިލޯމީޓަރުގެ އިތުރުން، މުޅިން އަލަށް 10 ކިލޯމީޓަރުގެ ކެޓަގަރީއެއްވެސް ވަނީ ތައާރަފުކޮށްފައެވެ.

ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކީ ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކްރީންޝޮޓް، ކޮންފަމޭޝަން މެސެޖާއެކު އުރީދޫއިން ފޮނުވާފައިވާ ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެއެވެ.

ދުވުން ފުރިހަމަކުރާ ފަރާތްތަކުން "ރަން މޯމެންޓްސް" އަދި ޑިޖިޓަލް މެޑަލް ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާގައި ހިއްސާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތުވެސް އޯގަސްޓް 14ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ޝެއާ ކުރާއިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގުކޮށް #OoredooAtholhuDhuvun ހޭޝްޓެގް ބޭނުން ކުރަންވާނެ އެވެ.

ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރެއިން ރަން މޯމަންޓްސް ހިއްސާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ؛

  • މަމަކް ރެސްޓޯރެންޓްއިން ދެ މީހަކަށް ކެއުން

  • ލަ ވެރާ ޕިޒޭރިއާ އިން ދެމީހަކަށް ޕިއްޒާ

ޑިޖިޓަލް މެޑަލް ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ؛

  • ލެ ޕާފިއުމްގެ ފަރާތުން ގިފްޓް ޕެކެއް

  • ޕިއްޒާ ކިޗަންއިން ޕިއްޒާއެއް

މީގެ އިތުރުން ދުވުން ފުރިހަމަކޮށް ޑިޖިޓަލް މެޑަލް ލިބުމުން ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑް ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް މެޑަލްއެއް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނި ނުވަތަ އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލާފައިވާ މި ދުވުމުގެ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ.