ބުރުޒުމަގު ލޮޓަސް ފިހާރަ ކައިރިން މަގު ބަންދު ކޮށްފައި ވަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ކަހާލައިގެން ވެއްޓި ޒުވާނަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޮޓަސް ފިހާރަ ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ވެއްޓި މީހަކަށް އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 23:10ހާއިރު ލިބިފައިވާ ކަމަށެވެ.

"މި އެކްސިޑެއްޓުގައި އަނިޔާ ވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކަށް. އެމީހާއަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން ނެވެ.