07 Aug 2021, 23:17
އޮލިމްޕިކްސް ފޮޓޯޅައިގެން ފިރިހެން އިވެންޓުގެ ފައިނަލް މެޗުގައި ސްޕެއިންގެ މައްޗަށް ބްރެޒިލް ކުރި ހޯދައިފިއެވެ.
ބްރެޒިލް މެޗު ކާމިޔާބުކުރީ 2-1 ގެނަތީޖާއަކަކުންނެވެ. ބްރެޒިލް ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިލަނޑު ޖެހީ އެޓޭކިން މިޑްފިލްޑަރު މެތިއުސް ކުންޔާއެވެ.
ދެވަނަ ހާފުގައި ސްޕެއިންގެ ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނިޓުގައި މިކެލް އޮޔަޒަބާލް ނަތީޖާ އެއްވަރުކޮށްލިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރުވެސް 1-1 އިން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތު ކުޅެން ޖެހުނެވެ.
ސްޕެއިންގެ އުންމީދުތައް ފެނަށް ދުއްވާލުމަށްފަހު ބްރެޒިލްގެ މަލްކޮމް ވަނީ 108 ވަނަ މިނިޓުގައި ގޯލު ޖަހައި ބްރެޒިލްއަށް ރަން މެޑަލް ޔަގީންކޮށްދީފައެވެ.
މިއަހަރުގެ ރަން މެޑަލްއާއެކު ބްރެޒިލްއިން ވަނީ ޖެހި ޖެހިގެން ދެ އޮލިމްޕިކްސްގައި ފުޓުބޯޅައިގެ ރަން މެޑަލް ކާމިޔާބުކޮށްފައެވެ.
އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފުޓުބޯޅައިގެ ރަން މެޑަލްވެސް ބްރެޒިލްއިން ވަނީ ކާމިޔާބުކޮށްފައެވެ.