07 Aug 2021, 20:33
ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލާފައި އޮންނަތާ ހަތް ދުވަހަށްފަހު ގއ. ވިލިނގިލީ އާންމު ހާލަތަށް ގެނެސްފިއެވެ.
ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ.
ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "ސަން"އަށް ވިދާޅުވީ ކޯވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން ތިނަދޫ މޮނިޓަރިންއަށް ލާފައި އޮތުމަށްފަހު، މޮނިޓަރިންއިން ނަގާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
ވިޝާލް ވިދާޅުވީ އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ހަތަރު މީހުން ތިބިއިރު، ކޮވިޑް ބަލީގައި އެރަށުން މިހާތަނަށް މަރުވެފައިވަނީ އެންމެ މީހެއް ކަމަށެވެ. އެއީ އުމުރުން 70 އަހަރުން މަތީގެ އަންހެނެކެވެ.
"މިއަދު މޮނިޓަރިން އިން ނަގާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ކައުންސިލަށް އަންގާފަ. މިރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 178 މީހުން. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި އުޅެނީ ހަތަރު މީހުން،" ވިޝާލް ވިދާޅުވި އެވެ.
ވިޝާލް ވިދާޅުވީ މޮނިޓަރިންގެ ހާލަތު އުވާލި ނަމަވެސް އެޗްޕީއޭގެ ގައިޑްލައިން ތަކާ އެއްގޮތަށް ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގައިދުރުކުރުން ފަދަ ކަންކަން ކުރިއެކޭވެސް އެއްގޮތަށް ކުރޭތޯ ކައުންސިލުން ބަލަމުންދާނެ ކަމަށެވެ.