07 Aug 2021, 13:07
މިއަހަރު ޑިސެމްބަރުގެ ނިޔަލަށް ކޮވިޑް ބަލީގައި އިތުރު އެއް މިލިއަން މީހުން ކޮވިޑް-19 ބަލީގައި ދުނިޔެއިން މަރުވެދާނެ ކަމަށް އެމެރިކާގެ އިންސްޓިޓިއުޓް ފޯ ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަން (އައިއެޗްއެމްއީ) އިން އަންދާޒާ ކޮށްފިއެވެ.
އެމެރިކާގެ ވޮޝިންޓަން ޔުނިވާސިޓީގެ ދިރާސާ ކުރާ މިނިވަން އިދާރާ އައިއެޗްއެމްއީ މި ބުރާސްފަތި ޝާއިރު ކުރިރިޕޯޓަކުންއަންދާޒާ ކުރާ ގޮތުގައި މުޅި ދުނިޔެއިން އިތުރު އެއް މިލިއަން މީހުން ކޮވިޑް ބަލީގައި ޑިސެމްބަރު އެއް ވަނަ ދުވަަހާ ހިސާބަށް މަރުވާނެއެވެ.
އެ އިދާރާއިން އަންދާޒާ ކުރާ ގޮތުގައި ސެޕްޓެމްބަރު މަހު މަރުވާ އަދަދު ގިނަވާން ފަށާނެއެވެ. އެއަށްފަހު އޮކްޓޯބަރު މަހުގައި އެ އަދަދު މަޑުމަޑުން ތިރިވާން ފަށާނެއެވެ.
ކޮވިޑް ބަލީގައި މީހުން މަރުވާ އަދަދު މިހު ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެހާ މައްޗަށް ދިޔުމުގެ ސަބަބަކީ މިހާރު ދުނިޔޭގެ ގިނަ ކަންކޮޅުތަކެއްގައި ހަލުވިކޮށް ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓް ކަމަށް ވެސް އެ އިދާރާއިން އަންދާޒާ ކޮށްފައިވެއެވެ.
ދުނިޔެއިން މިހާ ހިސާބަށް 4.27 މިލިއަން މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު އެ އަދަދު 5.26 މިލިއަން އަށް މަތިވާނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެއެވެ.
އައިއެޗްއެމްއީ އިން ވަނީ ދުނިޔޭގެ އަންދާޒާގެ އިތުރުން ކޮންމެ ގައުމެއްގައިވެސް މީހުން މަރުވާނެ އަދަދު އަންދާޒާ ކޮށްފައެވެ.
އެގޮތުން ޑިސެމްބަރުގެ ނިޔަލަށްރާއްޖެއިންމަރުވާ މީހުންގެ އަދަދު 235 ކަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.