07 Aug 2021, 10:06
މއ. އެމްޓޭޝަން ގޭގެ ކޮޓަރީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑިއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން ބުނީ މއ. އެމްޓޭޝަން ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ އެހީތެރިކަން ބޭނުންވި އާއިލާއަށް ރިލީފް އެހީގެ ގޮތުގައި 7800 ރުފިޔާ ދީފައިވާކަމަށެވެ. އަދި މިއީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ވަގުތީ ގޮތުން ދިން އެހީއެއްކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ އެ ގޭގެ ކޮޓަރިއެއްގައި ހުރި އަންނައުނު ތަކަކާއި ސޯފާ އަދި ގޮދަޑީގައި ރޯވެގެން ކަމަށެވެ.
ރޯވި އަލިފާން ރޭ 8:04 ގައި ކޮންޓްރޯލް ކުރެވުނުއިރު، އެ ކޮޓަރީގައި ހުރި ތަކެތި ވަނީ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
އެމްއެންޑީއެފް އިން އާންމުކޮށްފައިވާ އެ ހާދިސާގެ ފޮޓޯތަކުން ފެންނަގޮތުގައި ކޮޓަރީގެ ފުރާޅުން ފެށިގެން، ވަށައިގެން ހުރި ހުރިހާ އެއްޗެއް ވަނީ އަނދައިފައެވެ.