މާލެ ސަރަހައްދުން މިއަދު ކޮވިޑަށް 21 މީހުން ޕޮޒިޓިވްވިއިރު އަތޮޅުތަކުން 92 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަދު ޖުމްލަ 131 މީހުން ޕޮޒިޓިވްވިއިރު، މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައި ހިންގަމުންދާ ރިސޯޓުތަކުން 18 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 78،130 އަށް ވަނީ އަރާފައެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،543 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 24 މީހުންނަށެވެ.

މިއަދު 100 މީހުން ބަލި ރަނގަޅުވުމާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 75،353 އަށް އަރައިފައެވެ. ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.