މާލޭގެ ގެއެއްގެ ކޮޓަރީގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ކޮޓަރީގައި ހުރި ހުރިހާތަކެއްޗެއް ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.

މއ. އެމްޓޭޝަންގޭގެ ކޮޓަރީގައި އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިރޭ 7:45 ހާއިރުއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގީ އެ ގޭގެ ކޮޓަރިއެއްގައި ހުރި އަންނައުނު ތަކަކާއި ސޯފާ އަދި ގޮދަޑީގައި ރޯވެގެން ކަމަށެވެ.

ރޯވި އަލިފާން 8:04 ގައި ކޮންޓްރޯލް ކުރެވުނުއިރު، އެ ކޮޓަރީގައި ހުރި ހުރިތަކެއްޗެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.

އެމްއެންޑީއެފް އިން އާންމުކޮށްފައިވާ އެ ހާދިސާގެ ފޮޓޯތަކުން ފެންނަގޮތުގައި ކޮޓަރީގެ ފުރާޅުން ފެށިގެން، ވަށައިގެން ހުރި ހުރިހާ އެއްޗެއް ވަނީ އަނދައިފައެވެ.