06 Aug 2021, 15:48
މިއަދު މާލެއަށް ކުރަމުންދާ ކުރަމުންދާ ވިއްސާރައިގައި ސަލާ ތައި ރެސްޓޯރެންޓް ތެރޭ ހުރި ބޮޑު ގަހެއް މުލުން ލުހިގެން އެ ގަހާއި އިންވެގެން ހުރި ފާރަކާއެކު ވެއްޓިއްޖެއެވެ.
ވެއްޓުުނު ގަސް ހުރީ ހިތަށްފިނިވާ މަގުގައި ހުންނަ ސަލާ ތައި ރެސްޓޯރެންޓް ހުންނަ ބުރުނީގޭގައެވެ. އެ ހާދިސާގައި ރެސްޓޯރެންޓް ތެރޭ ގަހާއި އިންވެގެން ހުރި ފާރެއްވެސް ވަނީ ވެއްޓިފައެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ވެއްޓިފައި ވަނީ ގަލޮޅު ބުރުނީގޭގައި ހުންނަ ސަލާ ތައި ރެސްޓޯރެންޓް ތެރޭގައި ހުރި ގަހެއް ކަމަށެވެ. މި ހާދިސާގެ މައުލޫމާތު މިއަދު 12:34 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
ފާރާއެކު ގަސް ވެއްޓިފައި ވަނީ އެތާނގައި ހުރި ސައިކަލު ތަކެއްގެ މައްޗަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ފާރު ވެއްޓުނީ ސައިކަލްތަކެއްގެ މައްޗަށް ކަމުން، އެ ސައިކަލް ތަކަށް ގެއްލުން ލިބިފައިވެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.